އެޕާޓްލީސްއަކީ ގެދޮރާއި އެޕާޓްމަންޓް ފަދަ ހަރުމުދާ ލީސްއަށްނެގުމަށްފަހު ، އެމުދާ މަހުކުއްޔަށް ދީގެން އާމްދަނީ ހޯދޭގޮތަށް ފަރުމާކުރެވިފައިވާ ވިޔަފާރި ވިއުގައެކެވެ. މި މާކެޓްއަށް އިންވެސްޓް ކުރުމުން އިންވެސްޓް އެކުރެވެނީ ލީސްކުރުމަށް ހުޅުވާލެވިފައިވާ ގޯތިގެދޮރު ނުވަތަ އެޕާޓްމަންޓަކަށެވެ. އަދި އެ އިންވެސްޓް ކުރެވުނު މުދަލަކުން މަހުކުލީގެ ގޮތުގައި ލިބޭ އާމްދަނީ އަކީ އިންވެސްޓްމަންޓުން ލިބޭ ފައިދާއެވެ.
ފިންޓެކް އުޞޫލަށް ފަރުމާކުރެވިފައިވާ މި ވިޔާފާރި އަކީ ދިވެހިރާއްޖެއަށް ހުޅުވާލެވޭ މިފަދަ ރިޔަލްއެސްޓޭޓް ފުރަތަމަ ލީސްމާކެޓެވެ.
ފޮރެކްސް އަށް އިންވެސްޓް ކުރުމާއި ތަފާތަށް ރިޔަލްއެސްޓޭޓް މާކެޓަށް އިންވެސްޓް ކުރުމުން އެލިބޭއާމްދަނީއެއް މަހުންމަހަށް ލިބެމުންދަނީ ފިކްސްޑް (ޕެސިވް) އިންކަމެއްގެ ގޮތުގައެވެ.